ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ތިން މީހަކު ހައްޔަރު ކޮށްފި

ފިހާރައެއް ފަޅާލައިގެން ވައްކަން ކުރި ތިން މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
17 އޮކްޓޯބަރ 2024 10:09
0

މާލޭގެ މާވެޔޮ މަގުގައި ހުންނަ ފިހާރައެއް ފަޅާލައިގެން ރޭ ވައްކަން ކުރި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ރޭ ފަތިހު 4:20 ހާއިރު މާލެތެރޭގައި ޕެޓްރޯލް ކުރަމުންދިޔަ ވަގުތު ފިހާރައިގެ ދޮރެއް ހަލާކުކޮށްލައިގެން ވައްކަން ކޮށްފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން، ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖް ބެލުމަށްފަހު، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ ތިން މީހުން ހައްޔަރުކޮށް، އެ މީހުންގެ ވަނަވަރު ފުލުހުން ވަނީ މިރޭ އާންމުކޮށްފައެވެ. ހައްޔަރުކުރެވުނު މީހުންނަކީ ގދ. ވާދޫ، އަތަމާގެ އިހުސާން އިބްރާހިމް (26އ)، ގދ. ވާދޫ ލިލީގެ، މުހައްމަދު ސޮބާހް (46އ)، އަދި ރ. އިނގުރައިދޫ/ދަނބުރުއްދަށުގެ އިބްރާހިމް މުހައްމަދު ރަޝީދު (34އ) އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި މީހުން ވަގަށް ނެގި ކަމަށް ބެލެވޭ ފައިސާ އާއި ސިނގިރޭޓް ކާޓޫންތަކެއް ވެސް ހޯދިފައިވާ ކަމަށެވެ. މި މައްސަލައިގައި އިހުސާން 30 ދުވަހަށް ބަންދުކުރެވުނު އިރު، ސޮބާހުއާއި އިބްރާހިމް މުހައްމަދު ރަޝީދު ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.