ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކާންއިން އުމުރުން 13 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކާންއިން އުމުރުން 13 އަހަރުގެ ކުއްޖަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
ހުސައިން
17 އޮކްޓޯބަރ 2024 12:30
0

ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކާންއިން އުމުރުން 13 އަހަރުގެ ކުއްޖަކު ކުއްލިއަކަށް ނިޔާވެެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގެ އިސް ފަރާތަކުން މަޢުލޫމާތު ދެއްވާފައިވަނީ އަންހެން ކުއްޖަކު އިމަޖެންސީ ހާލަތުގައި ހޮސްޕިޓަލަށް ގެނެވުނު އިރު، އޭނާ ވަނީ ނިޔާވެފައި ކަމަށެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބަޔާންކޮށްފައިވަނީ، ހުރަވީ ސްކޫލުގެ ދަރިވަރަކަށް ކުއްލި ސިއްޙީ ހާލަތެއް މެދުވެރިވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، ހޮސްޕިޓަލުން ދިން މަޢުލޫމާތަށް ބިނާކޮށް އެ ކުއްޖާގެ ނިޔާވިކަން ފުލުހުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް، މި ހިތާމަވެރި ހާދިސާ ހިނގި ސަބަބު މި ވަގުތު އަދި ސާފުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.