ސައުދީ އަރަބިއްޔާގެ ސަފީރުކަމަށް ސަރީރު އައްޔަން ކުރަން ރުހުން ހޯދަން ފޮނުވައިފި

ސައުދީ އަރަބިއްޔާގެ ސަފީރުކަމަށް ސަރީރު އައްޔަން ކުރަން ރުހުން ހޯދަން ފޮނުވައިފި

Author
ހުސައިން
15 އޮކްޓޯބަރ 2024 09:49
0

ސައުދީ އަރަބިއްޔާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަޤާމަށް މ. ވެސްޓްސައިޑް އަހުމަދު ސަރީރު އައްޔަންކުރުމަށް ނިންމަވައި، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވައިފިއެވެ.

މަޖިލީހަށް ފޮނުއްވި ސިޓީގައި ރައީސް މުއިއްޒު ވަނީ މި ކަމާމެދު މަޖިލީހުގެ ނިންމުން އަންގަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމަށް ނިންމެވިއެވެ.

އަހުމަދު ސަރީރަކީ 1986 އިން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރިން ފޮރިން ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައެވެ.

މީގެ އިތުރުން، ސަރީރު ވަނީ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުވެސް ފުރުއްވާފައެވެ. އޭނާގެ މި ދިގު ކެރިއަރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފަންތީގެ މަޤާމުތަކުގައިވެސް ޚިދުމަތްކުރައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.