މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ

Author
ހުސައިން
13 އޮކްޓޯބަރ 2024 09:37
0

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

އެގޮތުން ވިއްސާރައާއި ގުގުރުމުގެ ފުރުސަތު އޮތްކަމަށް މެޓުން ބުނެފައިވެއެވެ. އަދި ވައިގަދަވުމުގެ ފުރުސަތުވެސް އޮތްކަމަށް ލަފާކޮށްފައިވެއެވެ.

އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރާއިރު، ދެކުނުގެ ރަށްތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެއެވެ. ނަމަވެސް ވިއްސާރަވެ ގަދަފަދަވާ ދަނޑިވަޅުތަކުގައި ގަޑިއަކު 45 މޭލުގެ ބާރުމިނަށް ވައިގަދަވެދާނެ ކަމަށް މެޓުން ވަނީ އިންޒާރުދީފައެވެ.

ކަނޑުގެ ޙާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާންމު މިންވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު، އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފއެވެ. މި މޫސުމުގައި ދަތުރުފަތުރު ކުރާއިރު ފަރުވާތެރިވުމަށް މެޓުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.