ކޫއްޑޫ އެއާޕޯޓުގެ މައްސަލަ އަވަހަށް ހައްލުކޮށް، ދަރުތައް ފަށަނީ

ކޫއްޑޫ އެއާޕޯޓުގެ މައްސަލަ އަވަހަށް ހައްލުކޮށް، ދަރުތައް ފަށަނީ

Author
ހުސައިން
12 އޮކްޓޯބަރ 2024 06:25
0

ކޫއްޑޫ އެއާޕޯޓުގެ މައްސަލަ އަވަސް މުސްތަޤުބަލެއްގައި ހައްލުކޮށް، އާންމު ހާލަތަށް ގެނެވޭނެކަމަށް އުންމީދު ކުރެވޭ ކަމުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓު މުޙައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

ކޫއްޑޫގެ ރަންވޭ ބޮޑަށް ބާވެ ހަލާކުވެފައިވާތީ، މޯލްޑިވިއަނުން އިއްޔެއިން ފެށިގެން އެރަށަށް ކުރަމުން ވަނީ ދަތުރުތައް ހުއްޓާލާފައެވެ. މިނިސްޓަރު އަމީނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިގު މުއްދަތަކަށް އެއާޕޯޓު މެއިންޓެއިން ނުކުރެވި، ރަންވޭގެ ހާލަތު ދަށްވެ، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުން ލިބުމާ ގުޅިގެން ދަތުރުތައް ހުއްޓާލަން ޖެހުނީކަމަށެވެ.

މިނިސްޓްރީގެ އިސްނެގުމާއެކު، ސިވިލް އޭވިއޭޝަން އޮތޯރިޓީ، އެއާޕޯޓު އޮޕަރޭޓަރު އަދި އެހެނިހެން ގުޅުންހުރި ފަރާތްތަކާ ގުޅިގެން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް، އެއާޕޯޓު އާންމު ހާލަތަށް ގެނެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް މައްސަލަ ހައްލުކޮށް އެއާޕޯޓް އާންމު ހާލަތަށް ގެނެވޭނެ.
މިނިސްޓަރު އަމީން ވިދާޅުވިއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ ދަތުރުވެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި ދަތުރުތައް ހުއްޓާލަން ނިންމީކަމަށާއި، ރަންވޭގެ މައްސަލަތައް ހައްލުވުމާއެކު ދަތުރުތައް އަލުން ފަށާނެކަމަށެވެ.

2012 ވަނަ އަހަރު ފުރަތަމަ ހުޅުވުނު ކޫއްޑޫ އެއާޕޯޓު، 2017 ވަނަ އަހަރު ބޮޑެތި ބޯޓުފަހަރާއި ޖެޓްތައް ޖެއްސޭ ފެންވަރުގެ ބޮޑު ރަންވޭއަކާއެކު އަލުން ހުޅުވުނުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.