ސަން ސިޔާމާއާއި ނެށުންތެރިޔާ ޒާރާ ކައިވެނި ކޮށްފި

ސަން ސިޔާމާއާއި ނެށުންތެރިޔާ ޒާރާ ކައިވެނި ކޮށްފި

Author
ހުސައިން
10 އޮކްޓޯބަރ 2024 09:00
0

މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ނަންމަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދު، ބ. ކަމަދޫގެ އީދު ކުޅިވަރުތަކުން މަޝްހޫރުވެފައިވާ އާމިނަތު ޒާރާއާ ކައިވެނިކޮށްފިއެވެ.

މި ދެ މީހުންގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުނީ މިއަދު ސިޔާމްގެ އަމިއްލަ ރިސޯޓު ކަމަށްވާ އޮޅުވެލިފުށީގައެވެ. ކައިވެނީގެ ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އެ ރިސޯޓުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެއިތުރުން، ކަމަދޫގައި މިރޭ ޚާއްޞަ ޖާފަތެއް ބޭއްވުމަށް ރޭވިފައިވާކަމަށް ބުނެވެއެވެ. ކައިވެނީގެ ރަނުގެ ގޮތުގައި ކިޔާފައިވަނީ 2024 ރުފިޔާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. މި ކައިވެންޏާ ގުޅިގެން، ރަންކިޔުމުގެ ހަފްލާގައި ޒާރާ ހުށަހެޅި ލަވައެއް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ސިޔާމަކީ މިވަގުތު ރާއްޖޭގައި 6 ރިސޯޓު ހިންގަމުންދާ ވިޔަފާރިވެރިއެކެވެ. އޭނާގެ މިލްކިއްޔާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ގިނަ ގޯތިގެދޮރު ހިމެނެއެވެ. މި ދެމަފިރިންގެ ކައިވެނީގެ ޚަބަރު ވަނީ ގިނަބައެއްގެ ސަމާލުކަން ހޯދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.