މިއަހަރު މިހާތަނަށް ރާއްޖެއަަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި

މިއަހަރު މިހާތަނަށް ރާއްޖެއަަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފި

Author
ހުސައިން
08 އޮކްޓޯބަރ 2024 07:39
0

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 1.5 މިލިއަނަށް އަރައިފިކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުރިޒަމް މިނިސްޓްރީން މިއަދު ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް 1,527,171 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 9.5 ޕަސެންޓުގެ ކުރިއެރުމެކެވެ. އެވްރެޖްކޮށް ދުވާލަކު 5,574 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާކަން ފާހަގަކޮށްފައިވެއެވެ.

މި މަހުގެ 7 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން 228,430 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިން ކަމަށްވާއިރު، އެ ޤައުމުން 166,775 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ޤައުމުން 128,595 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން، ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެވްރެޖްކޮށް އެއް ހަފްތާ ރާއްޖޭގައި ހޭދަކުރެއެވެ. މި މަޢުލޫމާތުތަކުން ދޭހަވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅު ކުރިއެރުމެއް ހޯދަމުންދާކަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.