ހިޒްބުﷲގެ އިސް ލީޑަރު، ހާޝިމް ސަފިއެއްދީނާއި މުއާސަލާތީ ގުޅުން ކެނޑިއްޖެ!

ހިޒްބުﷲގެ އިސް ލީޑަރު، ހާޝިމް ސަފިއެއްދީނާއި މުއާސަލާތީ ގުޅުން ކެނޑިއްޖެ!

Author
ހުސައިން
05 އޮކްޓޯބަރ 2024 11:23
0

ލުބުނާނުގެ ސަލާމަތީ އިދާރާތަކާއި ހަވާލާދީ އަލްޖަޒީރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހިޒްބުއްލާގެ އެގްޒެކެޓިވް ކައުންސިލުގެ ޗެއަރމަން ހާޝިމް ސަފިއެއްދީނާ އެޖަމާއަތާ މުއާސަލާތީ ގުޅުން ކެނޑިއްޖެއެވެ. އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވަނީ މި ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ސަފިއެއްދީނާއި ވަނީ ގުޅުން ކެނޑިފައެވެ.

މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސަފިއެއްދީން ހުރީ މަރިޖާ ސަރަހައްދުގައި ހުރި ބިމުގެ އަޑީގައިވާ މައި މަރުކަޒެއްގައްގައެވެ. އަދި އިޒްރޭލުގެ ވައިގެ ހަމަލާއެއް އެ ސަރަހައްދަށް އަމާޒުކޮށްފައިވާކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ.

މިހާދިސާއާއި ގުޅޭގޮތުން ހިޒުބުﷲއިން ބުނެފައިވަނީ، ސަފިއެއްދީނާއި ގުޅުން ކެނޑުކަމުގައިވި ނަމަވެސް، އެޖަމާއަތުގެ ސްޓްރަޓަޖީތަކަށް އެއްވެް ބަދަލެއް ނާންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.