ރާއްޖެއައި އިންޑިއާ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެއައި އިންޑިއާ މީހެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފި

Author
ޢަލީ އާދަމް
26 ޑިސެމްބަރ 2020 09:38
0

ވައިގެ މަގުން އިންޑިއާއިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފި އެވެ.

ކަސްޓަމުން ބުނީ މިދިޔަ ބުދަ ދުވަހު ރާއްޖެ އައި އުމުރުން 27 އަހަރުގެ ފިރިހެނެއްގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، މިމީހާގެ ލަގެޖް ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައި ވާކަމަށެވެ.

އެގޮތުން އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ހިކިފަތްތަކެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ވަނީ ޕޮޒިޓިވް ވެފައި ވާކަމަށް ކަސްޓަމުން ބުނެއެވެ. މީގެ އިތުރުންވެސް މީނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައި ވާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

މީނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 36 ގުރާމް ހުރިކަމަށް ކަސްޓަމުން ބުނެއެވެ. މިތަކެތީގެ މަގުމަތީ އަގު 7،700 ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމުން ބުނެއެވެ.

މިމައްސަލަ އިތުރަށް ތަހްގީގު ކުރުމަށް، އަތުލައިގަނެވުނު މަސްތުވާތަކެއް ޗާއިއެކު އެމީހާ މިހާރު ފުލުހުންނާ ހަވާލުކޮށްފައި ވާކަމަށްވެސް ކަސްޓަމުން މައުލޫމާތުދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.