އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، ދެކުނު ލުބުނާނުން ގާތްގަނޑަކަށް 10 ރޮކެޓް ހަމަލާއެއް ވަނީ އެގައުމަށް އަމާޒުކޮށް ފޮނުވާލާފައެވެ. މި ރޮކެޓްތައް ހަމަލާތަކާއި ގުޅިގެން އިސްރާއީލުގެ އުތުރުގައި ހިމެނޭ މެރޮން ސަރަޙައްދުގައި އިންޒާރު އާންމު ކޮށްފައިވެއެވެ.
މި ރޮކެޓްތަކުގެ ތެރެއިން ބައެއް ރޮކެޓްތައް ވަނީ އިންޓަރސެޕްޓް ކުރެވިފައެވެ. އަނެއްބައި ރޮކެޓްތައް ވަނީ ހުސް ސަރަޙައްދުތަކަށް ވެއްޓިފައެވެ. މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމެއް ނުވަތަ އެއްވެސް ގެއްލުމެއް ލިބުނު ކަމެއް ރިޕޯޓުކުރެވިފައެއް ނުވެއެވެ.
ފާއިތުވި ގަޑިތަކުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ވަނީ ލުބުނާނުގައިވާ ހިޒްބުﷲއާ ދެކޮޅަށް "ވަކި އަމާޒުތަކެއް ކަނޑައަޅާފައިވާ" އެއްގަމު އޮޕަރޭޝަނެއް ފަށައިފައެވެ. މީގެ ދަށުން އިސްރާއީލުގެ ސިފައިން ވަނީ އެ ޤައުމުގެ ބޯޑަރު ހުރަސްކޮށް ލުބުނާނަށް ވަދެފައެވެ.
ކޮމެންޓު ފޮނުވާ