އިސްރާއީލު ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިގެންފި

އިސްރާއީލު ސިފައިން އެއްގަމު މަގުން ލުބުނާނަށް އަރައިގެންފި

Author
ހުސައިން
01 އޮކްޓޯބަރ 2024 07:35
0

އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފައިވަނީ ދެކުނު ލެބަނަންގައި ހިޒްބުއްލާއާ ދެކޮޅަށް "ވަކި ސަރަހައްދަކަށް އަމާޒުކޮށްފައިވާ" އެއްގަމުގެ އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށެވެ. އަދި ބުނެފައިވަނީ "އިސްރާއީލުގެ މުޖުތަމައުތަކަށް ސީދާ ނުރައްކަލެއް" ކުރިމަތިވާ ތަންތަނަށް މި އޮޕަރޭޝަން އަމާޒުކުރެވިފައިވާ ކަމަށެވެ.

އިސްރާއީލުން އެއްގަމު މަގުން ލުބުނާނަށް ހަމަލާދޭން ފެށުމުގެ ކުރިން ވަނީ އެ ސިޓީގެ ތިން ސަރަހައްދަކުން ރައްޔިތުން އެ ތަންތަން ދޫކޮށް ދިއުމަށް އަންގާފައެވެ.

މީގެ ކުރިން، ހިޒްބުއްލާގެ ނައިބު ލީޑަރު ނައިމް ގާސިމް ވަނީ އިސްރާއީލުގެ އެއްގަމުގެ އޮޕަރޭޝަނަކަށް ތައްޔާރަށް ތިބި ކަމަށާއި މި ހަނގުރާމަ "ދިގުދެމިގެން ދާނެ" ކަމަށް ބުނެފައެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ، އިސްރާއީލުން ބެއިރޫތަށް ދިން ހަމަލާއެއްގައި ހިޒްބުއްލާގެ ލީޑަރު ހަސަން ނަސްރުއްލާ ޝަހީދުކޮށްލާފައި ވަނިކޮށެވެ. މިއީ ހިޒްބުއްލާގެ ލީޑަރު ހަސަން ނަސްރުއްލާ ޝަހީދުވުމަށްފަހު ހިޒްބުއްﷲގެ އިސް އޮފިޝަލަކު ދެއްކި ފުރަތަމަ ވާހަކަފުޅެވެ.

* ލެބަނަންގެ އޮފިޝަލުން ބުނާ ގޮތުގައި ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެގައުމުގެ 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ އިރު، މިހާރު 1 މިލިއަން މީހުން ގެދޮރު ދޫކޮށް ހިޖުރަ ކޮށްފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.