ވަޒީފާތަކާއި ރައްޔިތުން ހަވާލުކޮށްފައިވާ އެންމެހާ މަސްއޫލިއްޔަތަކީވެސް ބޮޑުވެގެންވާ އަމާނާތެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ޒިންމާދާރު ވުމާއި މަސްއޫލިއްޔަތު އުފުލުން" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އެ އަމާނާތްތައް އަދާކުރުމުގައި ފަރުވާކުޑަކޮށް، ފަރުދުންނާއި މުޖުތަމައުގެ މަސްލަހަތަށް އިސްކަން ނުދޭނަމަ، އެއީ ތިމާގެ ދީނާއި ގައުމަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމުގައެވެ.
މުސްލިމް އަޚުންނޭވެ! ޒިންމާއާއި މަސްއޫލިއްޔަތު އަދާ ނުކުރުމަކީ ނަޒާހަތްތެރިކަން ގެއްލި، އަދުލު އިންސާފާ ދުރަށްގޮސް، އަނިޔާވެރިކަމަށް މަގުފަހިވާނެ ކަންކަމެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވި ގޮތުގައި ކަންކަމުގައި އަމިއްލަ މަސްލަހަތު އިސްކުރުމަކީ ތިމާ އަދާ ކުރާންޖެހޭ މަސްއޫލިއްޔަތަށް އުނިކަން އަންނަ ކަމެއް ކަމުގައެވެ. އެގޮތުން ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަސްލަހަތަށްވުރެ ބޮޑަށް އަނެކުންގެ މަސްލަހަތަށް އިސްކަންދޭ މީހުންކަމުގައިވެސް މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
އަނެކުންނަށްޓަކާ ތިމާ އަދާކޮށްދޭންޖެހޭ ވާޖިބަށް އިސްކަންދޭ މީހުންނެވެ. ތިމާގެ ހައްގުތައް ލިބެން އެދޭ ފަދައިން، މީސްތަކުންގެ ހައްގުތައް ލިބިދެވޭތޯ ބަލާ މީހުންނެވެ.
މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުތަށް ވިދާޅުވީ ގައުމުގެ ސިޔާދަތާއި ވަހުދަތު ދެމެހެއްޓުމަކީ އެންމެންގެވެސް މަސްއޫލިއްޔަތެއް ކަމަށާއި، އެކަން ދެމެހެއްޓޭނީ މަސްއޫލިއްޔަތު އުފުލުމުގެ ތެދުވެރި ރޫޙެއް ހުރެގެން ކަމުގައެވެ. އަދި މުޖުތަމައުގެ ކޮންމެ ފަރުދަކުމެ އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްގެން ކަމުގައެވެ.