ވީއައިއޭގައި ޕާކްކޮށްފައި ހުރި ފްލައިޓްތަކެއް - ފޮޓޯ: ވީއައިއޭ

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެއަރޕޯޓް އެންމެ ބާރު ބޮޑުވާނީ މިއަދާއި މާދަމާ: އެމްއޭސީއެލް

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެއަރޕޯޓް އެންމެ ބާރު ބޮޑުވާނީ މިއަދާއި މާދަމާ: އެމްއޭސީއެލް

ގުޅުންހުރި

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އެންމެ ބާރުބޮޑުވާނެ ކަމަށް ލަފާކުރެވެނީ މިއަދާއި މާދަމާކަމަށް އެމްއޭސީއެލުން ހާމަކޮށްފިއެވެ.

ވީއައިއޭ އޮޕަރޭޓްކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑުން ބުނީ މިއަދާއި މާދަމާ ރާއްޖެއަށް ގިނަ އަދަދެއްގެ ފްލައިޓުތައް އައުމަށް ޝެޑިއުލްކޮށްފައިވާކަމަށެވެ. އެހެންކަމުން މި ދެ ދުވަހު ގިނަ އަދަދެއްގެ ދަތުރުވެރިންވެސް ރާއްޖެއަށް އަންނާނެކަމަށް އެމްއޭސީއެލުން ބުނެއެވެ. އެހެންކަމުން އެއަރޕޯޓުގެ އޮޕަރޭޝަންތައް އެންމެ އޮމާންކަމާއެކު ކުރިއަށްގެންދިޔުމަށް މުޅި އެމްއޭސީއެލް ތައްޔާރަށް އޮތްކަމަށް އެކުންފުނިން ބުނެއެވެ.

ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް 21 އެއަރލައިނަކުން ރާއްޖެއަށް ވަނީ ދަތުރުތަށް ފަށާފައެވެ. އޭގެތެރޭގައި ރާއްޖެއަށް މުޅިން އަލަށް ދަތުރުކުރާ ބައެއް އެއަރލައިން ތައްވެސް ހިމެނެއެވެ. މީގެއިތުރުން ޑިމާންޑަށް ބަލައި ދުވާލަކު 3 ނޫނީ 4 ދަތުރުވެސް ބައެއް އެއަރލައިންތަކުން ރާއްޖެއަށް އަންނަނީ ކުރަމުންނެވެ.

ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އުފުލާފައިވާ އެމިރޭޓްސް އިން މިހާރު ރާއްޖެއަށް ދުވާލަކު 4 ދަތުރު ބާއްވައެވެ. އަދި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން އެންމެ ފުރަތަމަ ދަތުރުފެށި ގަތަރު އެއަރވޭސް އިން ވެސް މިހާރު ގެންދަނީ ދުވާލަކު 3 ދަތުރު ރާއްޖެއަށް ކުރަމުން ނެވެ. ގަތަރު އެއަރވޭސް އަކީ 2 ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް އުފުލާފައިވާ އެއަރލައިނެވެ. މި ލިސްޓްގެ 3 ވަނާގައި އޮތީ ރަޝިއާގެ އޭރޯފްލޮޓް އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ