ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 3.5 ކިލޯގެ ޑްރަގު އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 3.5 ކިލޯގެ ޑްރަގު އަތުލައިގެންފި

Author
އަހުމަދު
18 ސެޕްޓެމްބަރ 2024 09:57
0

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 3.5 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި ހިފަހައްޓާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ރާއްޖެއަށް އައި އެއާކާގޯގެ ޝިޕްމެންޓަކާއި ހަމަ އެ ދުވަހު ރާއްޖެ އައި މެލޭޝިޔާގެ ފްލައިޓަކުން އައި ދިވެއްސެއްގެ އަތުން ކަމަށެވެ.

އެއާކާގޯ އިން ރާއްޖެ އައި ޝިޕްމަންޓުގައި 3،010 ގްރާމުގެ ހެރޮއިން ހުއްޓެވެ.

މެލޭޝިޔާގެ ފްލައިޓުން އައި މީހާ ބަލައި ފާސްކުރުމުގެ ތެރެއިން އޭނަގެ އަތުން 48 ގްރާމުގެ ހެރޮއިންނާއި 315 ގްރާމުގެ މެތަމްފެޓަމިންގެ އިތުރުން 215 ގްރާމުގެ ސިންތެޓިކް ކެތިނޯން ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މި މަސްތުވާތަކެއްޗާއި އަތުލައިގަތް މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.