ނައިފަރު ހޮސްޕިޓަލުގެ ސާވަރ ހެކް ކުރި މައްސަލަ ބެލުމަށް ފުލުހުން ބަލަން ފަށައިފި

ނައިފަރު ހޮސްޕިޓަލުގެ ސާވަރ ހެކް ކުރި މައްސަލަ ބެލުމަށް ފުލުހުން ބަލަން ފަށައިފި

Author
ހުސައިން
17 ސެޕްޓެމްބަރ 2024 01:02
0

ނައިފަރު ހޮސްޕިޓަލުގެ ސާވަރ ހެކް ކުރި މައްސަލަ ބެލުމަށް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ، މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅުނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އެގޮތުން، މައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދިއުމަށްޓަކައި، ފުލުހުންގެ ޚާއްޞަ ޓީމެއް މާލެއިން ނައިފަރަށް މިހާރު ފޮނުވާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން މި މައްސަލަ ތަޙްޤީޤުކުރަމުންދާތީ، ނައިފަރު ހޮސްޕިޓަލުން މި މައްސަލައާ ގުޅޭގޮތުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.