މާލޭގެ 5 ގެއަކުން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

މާލޭގެ 5 ގެއަކުން، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ހައްޔަރުކޮށްފި

މާލެ، 12 ސެޕްޓެންބަރު 2024 – ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ކުރިއަށްދާ އޮޕަރޭޝަނެއްގައި މިއަދު މާލޭގެ 5 ގެއަކުން 5 ބިދޭސީން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެއްގެ ބައެކެވެ.

ކކުރި އެކްސް ކޯޓެއްގައި ފަރާތުން ނެރުނު އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މި 5 ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށެވެ. މި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

މި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގައި އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން މަސައްކަތްކުރާ ކަމަށްވެސް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.

ރާއްޖޭގައި ޤާނޫނާ ޚިލާފަށް ދިރިއުޅޭ ބިދޭސީންގެ ސަބަބުން ދިމާވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކާ ގުޅޭގޮތުން ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *