މެދު ރާއްޖެ ތެރޭގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

މެދު ރާއްޖެ ތެރޭގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަނީ

Author
ހުސައިން
15 ސެޕްޓެމްބަރ 2024 01:20
0

ކުޑަކުދިން ދެމެދު ހިނގި ކަމަށް ބެލެވޭ ޖިންސީ ގޯނާގެ މައްސަލައެއް ތަޙްޤީޤުކުރަން ފުލުހުން ފަށައިފިއެވެ. މި މައްސަލަ ހިނގާފައިވަނީ ސައުތު ސެންޓްރަލް ޕޮލިސް ހިމެނޭ ސަރަހައްދުގެ ރަށެއްގައި ކަމަށް ފުލުހުން މިރޭ މަޢުލޫމާތު ދީފައިވެއެވެ. މި ސަރަހައްދުގައި ހިމެނެނީ މ، ފ، ދ، ތ އަދި ލ އަތޮޅެވެ.

މައްސަލައިގެ ޝިކާރައަކަށްވީ ކަމަށް ބެލެވެނީ 10 އަހަރު ނުފުރޭ އަންހެން ކުއްޖެކެވެ. އަދި މައްސަލައިގައި ތުހުމަތުކުރެވެނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއީ ކުޑަކުދިން ޝާމިލުވާ މައްސަލައަކަށް ވުމާއެކު، މައްސަލަ ތަޙްޤީޤުކުރަނީ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެންނެވެ. މި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމުން މައްސަލަ އިތުރަށް ބަލައި، ކަމާގުޅޭ އިތުރު ފިޔަވަޅުތައް އެޅޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.