އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްޞަ ޕްރޮގުރާމެއް ފަށައިފި

އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް ޚާއްޞަ ޕްރޮގުރާމެއް ފަށައިފި

Author
ހުސައިން
14 ސެޕްޓެމްބަރ 2024 11:22
0

އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް 'ތަޙްސީނުއްތިލާވާ’ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ފަށައިފިއެވެ.

މާލޭ ސަރަހައްދުގެ އިމާމުންނަށް ހުޅުވައިލައިގެން ފެށި މި ޕްރޮގުރާމުގައި 17 އިމާމުން ބައިވެރިވެފައިވެއެވެ. މި ޕްރޮގުރާމު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ހަފުތާގެ މުއްދަތަށެވެ. މި ޕްރޮގުރާމުގައި ކިޔަވައިދެއްވަނީ ފުންނާބު އުސް ދެ ބޭފުޅުންކަމަށްވާ އަލްޤާރީ މުޙައްމަދު އަސްލަމާއި އައްޝައިޚް ނަސްރުﷲ ޢަލީއެވެ.

މިއީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގުރާމެއްކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.