ރާއްޖެއާއި ޗައިނާ ދެމެދު، ފައިސާއިން މުޢާމަލާތްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް: ފައިސަލް

ރާއްޖެއާއި ޗައިނާ ދެމެދު، ފައިސާއިން މުޢާމަލާތްކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ބޮޑު ކުރިއެރުމެއް: ފައިސަލް

Author
ހުސައިން
14 ސެޕްޓެމްބަރ 2024 10:25
0

ރާއްޖެއާއި ޗައިނާ ދެމެދު، ދެޤައުމުގެ ފައިސާއިން މުޢާމަލާތްކުރަން ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިޖާބީ އަސަރެއް ކުރާނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމުގެ އިތުރުން، ފަތުރުވެރިކަމާ ގުޅުންހުރި ގިނަ ވިޔަފާރި މުޢާމަލާތްތަކާއި މުދަލުގެ މުޢާމަލާތްތައް ރާއްޖެއިން ކުރާ މުހިންމު ޤައުމެކެވެ.

މި އައު އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުޢާމަލާތްތައް ފަސޭހަވެގެންދާނެ ކަމަށާއި، މިއީ ފަތުރުވެރިކަމުގެ ސިޔާސަތަށް ލިބޭ ބޮޑު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޗައިނާގެ މަރުކަޒީ ބޭންކު ކަމަށްވާ ޕީޕަލްސް ބޭންކް އޮފް ޗައިނާއާއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް ދެ ޤައުމުގެ ފައިސާއިން ކުރެވޭނެ އޮނިގަނޑެއް އެކުލަވާލެވި، ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.