މުސީބާތުގެ ވަގުތުތަކުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކު އަޅުކަމުގައި ދެމި ހުންނަންޖެހޭ ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ރަސޫލުބޭކަލުންގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން" މި މައުޟޫއަށް ޚާއްސަކުރެވިގެންދިޔަ ޚުޠުބާގައި ވިދާޅުވީ ޝިފާ ލިބުމާއި، ކާމިޔާބު ލިބުން ވަނީ ﷲގެ ހަޒުރަތުން ކަމަށާއި، ކެތްތެރިވެ ސާބިތުކަމާއެކު ދެމި ހުރެއްޖެނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަމަކީ އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ މުހިންމު އެއް ފިލާވަޅު ކަމުގައެވެ.
އެކަލޭގެފާނުގެ މުޅި ހަށިކޮޅުގެ ހުރިހައި ގުނަވަންތަކެއް ވޭނާއި ކެކުޅުމުގައި ވީ ހިނދުވެސް އެކަލޭގެފާނު ﷲ ތަޢާލާއަށް ޒިކުރު ކުރުމާއި އަޅުކަން ކުރުމުގައި ދެމި އޮންނެވިއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ އުދަގޫތަކެއް ދިމާވެއްޖެނަމަ ނަމާދު ކުރުމާއި އަދި އެ ނޫންވެސް އަޅުކަންތަކާ ދުރުހެލިެ ފެޔަށް ޖެހުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލައި، އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އަދި ބައެއް ފަހަރު ދިމާވާ ދަތި އުދަގޫތަކަށް ކެތްތެރި ނުވެ، ނޭދެވޭ ބަސްތައް ބުނެ، އަތުން ފައިން ގޯސްހަދާތަން ފެންނަނީ މަދެއްކޮށެއް ނޫނެނެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދު ޚުޠުބާގައި ވިދާޅުވީ އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ އަނެއް ފިލާވަޅަކީ އަހަރެމެން ﷲ ތަޢާލާއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ހަޔާތުގައި އެކަލާނގެ އަހަރެމެން އިމްތިހާނު ކުރައްވާނެކަން ކަމުގައެވެ.