އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ފޭރިގަން މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި

އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ފޭރިގަން މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
12 ސެޕްޓެމްބަރ 2024 10:06
0

އާސަންދަ ހަމަޖައްސައިދޭނެ ކަމަށް ބުނެ ގެންގޮސް ގެއަކަށް ވައްދާ، ފޭރިގަން މައްސަލައެއްގައި މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ މީހެކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާދީފައެވެ.

އޭނާ ވަނީ އޭނާއާ ޖުމްހޫރީ މައިދާނުން ދިމާވި މީހެއް ކައިރީގައި އާސަންދަ ހަމަޖައްސައިދޭނެކަމަށް ބުނެ އެމީހާ ގެއަކަށް ގެންގޮސްފައެވެ. އަދި އެ ގެއަށް ވައްދާ އެމީހާގެ އަތުން ފޯނާއި ފައިސާ ފޭރެން މަސައްކަތް ކުރިކަމަށް ބަންދު އަމުރުގައިވެއެވެ. މިމީހާ ފޭރެން މަސައްކަތް ކުރީ އޭނާގެ އަތުގައި އޮތް ގަލަމެއް ކަރުގައި ޖައްސާ ބިރުދައްކައިގެންކަމަށްވެސް އެ އަމުރުގައިވެއެވެ.

ފަހަކަށް އައިސް ފޭރުމުގެ މައްސަލަ އިތުރުވެފައިވާއިރު ދާދި ފަހުންވެސް ވަނީ ގެއެއްގެ ފެން ލައިޓުން ވަދެ އެގޭގައި ނިދާފައި ތިބި ބައެއްގެ ކަރުގައި ވަޅި ޖައްސާ ފޭރިގަން މައްސަލައެއް ފެންމަތިވެފައެވެ. މި މައްސަލާގައި ހިމެނޭ މީހުން މާގިނައިރުތަކެއް ނުވަނީސް ފުލުހުން ހޯދާ ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.