ގިނަ އަދަދެއްގެ ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރު ކޮށްފި

ގިނަ އަދަދެއްގެ ބަނގުރަލާއެކު ބިދޭސީއަކު ހައްޔަރު ކޮށްފި

Author
ހުސައިން
11 ސެޕްޓެމްބަރ 2024 11:50
0

ހުޅުމާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ އިދާރާއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް 1 ގެ މިދިލިމަގުން ކާރެއް ހުއްޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ ކާލޫ އެވެ. މި މައްސަލަ މިހާރު ތަޙްޤީޤުކުރަމުން ގެންދަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.