މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ތަރައްގީ ކުރުމަށް 1.5 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ތަރައްގީ ކުރުމަށް 1.5 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ހުސައިން
10 ސެޕްޓެމްބަރ 2024 07:47
0

ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ބައިނަލްއަގްވާމީ މިންގަނޑަށް ތަރައްގީ ކުރުމަށް 1.5 މިލިއަން ޑޮލަރުގެ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެހީއަކީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންސީޕީ) މެދުވެރިވެގެން ސިސްޓަމެޓިކް އޮބަޒްވޭޝަން ފައިނޭންސިން ފެސިލިޓީ (އެސްއޯއެފްއެފް)އިން ހަމަޖައްސާފައިވާ ފައިސާއެވެ. މި އެއްބަސްވުމުގައި އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ވަނީ އޮންލައިންކޮށް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ މޫސުމާ ބެހޭ އޮބްޒަވޭޝަން ވިއުގަ ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ މިންގަނޑަށް ފެތޭ ނެޓްވޯކަކަށް ހެދުމެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ފައިސާ ބޭނުންކުރާނީ ރާއްޖޭގައި މިހާރު ގާއިމްކޮށްފައިވާ މެޓު އޮފީހުގެ ހަތަރު އޮބްޒަވޭޝަން ސިސްޓަމް އަޕްގްރޭޑު ކުރުމަށާއި، ނ. މާފަރު އެއާޕޯޓުގައި އިތުރު އޮފީހެއް ގާއިމް ކުރުމަށެވެ.

މީގެ އިތުރުން، އައްޑޫ ސިޓީ ގަމުގައި ގާއިމްކޮށްފައިވާ އަޕާ އެއާ ރޭޑިއޯ ސޮންޑޭ ސިސްޓަމް މަރާމާތު ކުރުމަށް ވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.