ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

Author
ހުސައިން
09 ސެޕްޓެމްބަރ 2024 03:41
0

ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ. މި އަލިފާނުގެ ހާދިސާއާގުޅޭ ތަފްސީލް އެމްއެންޑީއެފުން އަދި ހާމަނުކުރި ނަމަވެސް، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި އެގޭގައި ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ދުންތައް ވަނީ މުޅި ސަރަޙައްދަށް ފެތުރިފައެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އަލިފާން ރޯވެފައިވަނީ އެގޭގައި ހިންގާ "ގާމަގު" ނަމަކަށް ކިޔާ ކެފޭގެ ބަދިގޭގައެވެ. ތިން ފަންގިފިލާއަށް ހަދާފައިވާ އެ ޢިމާރާތުގެ މަތީ ފަންގިފިލާތައް ހަދާފައި ވަނީ ދަނގަޑު ޓިނުންނެވެ. އެ އަލިފާންގަނޑު އަދިވެސް ދަނީ އިތުރަށް ފެތުރެމުންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. ނަމަވެސް ބައެއް ތަކެތި ގޮވާ އަޑު އިވުނުކަމަށް މަޢުލޫމާތު ލިބެއެވެ. އަލިފާން ރޯވެފައިވާ ކެފޭއާ އިންވެގެންހުރި ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.

އޭގެ އިތުރަށް އަލިފާން ރޯވި ޢިމާރާތުގެ ފުރާޅު ބުރައިގެން ގޮސް، އިތުރަށް ހުޅުފަޅައިގެން ގޮސްފައިވާކަމަށާއި، އިންވެގެން ހުރި ޢިމާރާތަށް އަލިފާންގަނޑު ފެތުރެމުންދާކަމަށްވެސް މަންޒަރު ދުށް މީހިން މަޢުލޫމާތުދެއެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.