އިމިގްރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވާން އެދިއްޖެ

އިމިގްރޭޝަންގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ ސަމާލުވާން އެދިއްޖެ

Author
ހުސައިން
09 ސެޕްޓެމްބަރ 2024 01:32
0

"ވަޓްސްއެޕް" މެދުވެރިކޮށް އިމިގްރޭޝަން ޔުނިފޯމާ އެއްވައްތަރު ހެދުމެއް ލައިގެން ތިބޭ ބަޔަކު ސްކޭމް ވީޑިޔޯ ކޯލްތަކެއް ކުރަމުންދާ ކަމަށް ބުނެ، މިކަމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ބޭރު ޤައުމެއްގެ ނަންބަރަކުން މި ސްކޭމް ކޯލްތައް ކުރަމުންދާއިރު، އެ ފަރާތްތަކުން ޒާތީ މަޢުލޫމާތާއި ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މިއީ އިމިގްރޭޝަންގެ އޮފިސަރުންގެ އަމަލެއް ނޫންކަން ބަޔާންކޮށް، މިފަދަ ސްކޭމް ކޯލްތަކަށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ރާއްޖޭގައި ސްކޭމްގެ މައްސަލަތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ދައުލަތުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ ނަމުގައި ވެސް ސްކޭމް ކޯލްތަކާއި މެސެޖްތައް ފޮނުވަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ސްޓެލްކޯ، އެޗްޑީސީ އަދި ހަޔާ އެޑިޔުކޭޝަންގެ ނަމުގައި ވެސް މިފަދަ ޙަރަކާތްތައް ހިންގާފައިވާކަން ފާހަގަކުރެވެއެވެ. މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ފުލުހުން ވެސް މިހާރު ވަނީ އެންޓި ސްކޭމް ސެންޓަރެއް ޤާއިމްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.