އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި ފަލަސްތީނުގެ 40 މީހަކު ޝަހީދު ވެއްޖެ

އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި ފަލަސްތީނުގެ 40 މީހަކު ޝަހީދު ވެއްޖެ

Author
ޙަސަން މުޙައްމަދު
05 ސެޕްޓެމްބަރ 2024 11:39
0

އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި ފަލަސްތީނުގެ 40 މީހަކު ޝަހީދު ވެއްޖެއެވެ.

ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން އޯގަސްޓް 28 ގައި ފެށި އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން ޝަހީދުވެފައިވާ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވަނީ އުތުރުގެ ޖެނިން، ޓުލްކަރަމް އަދި ޓުބާސް ގަވަރނޯރޭޓްތަކުގައެވެ.

މިގޮތުން ޝަހީދުވި މީހުންގެ ތަފްސީލު:
* ޖެނިންގައި 21 މީހުން
* ޓުލްކަރަމްގައި 8 މީހުން
* ޓުބާސްގައި 8 މީހުން
* ދެކުނު ހެބްރޯންގައި 3 މީހުން

މި އަސްކަރީ އޮޕަރޭޝަންގައި، އެންމެ ފަހުން މީހުން ޝަހީދުވެފައިވަނީ ޓުބާސްގައެވެ. އެތަނުގައި ފަލަސްތީނުގެ ފަސް ޒުވާން ފިރިހެނުން ކާރަކަށް ދެވުނު ހަމަލާއެއްގައި ވަނީ ޝަހީދު ވެފައެވެ. އަދި 16 އަހަރުގެ ކުއްޖަކު ފަރްއާ ރެފިއުޖީ ކޭމްޕުގައި ބަޑިޖަހާ އިސްރާއީލު ސިފައިން ވަނީ ޝަހީދު ކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.