ސިނަމާލެ ބްރިޖު ކައިރިން ކުޑަ ލޯންޗެއް ބަންޑުން ޖަހާލައިފި

ސިނަމާލެ ބްރިޖު ކައިރިން ކުޑަ ލޯންޗެއް ބަންޑުން ޖަހާލައިފި

Author
އަހުމަދު
03 ސެޕްޓެމްބަރ 2024 05:29
0

ސިނަމާލެ ބްރިޖު ކައިރިއަށް ކުޑަ ލޯންޗެއް މިއަދު ބަންޑުން ޖަހާލައިފިއެވެ.

އެނގިފައިވާ ގޮތުގައި ބަންޑުން ޖަހާލީ 25 ވަރަކަށް ފޫޓުގެ ސްޕޯޓްސް ފިޝިން އަށް ހާއްސަ ލޯންޗެކެވެ.

އެ ސަރަހައްދުގައި މިހާރު ފުލުހުންނާއި ސިފައިން ވެސް ހަރަކާތްތެރިވެއެވެ.

ފުލުހުން ބުނީ ރާޅުގަނޑުކައިރިން ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭ ކަަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ލޯންޗްގައި ހަތަރު މީހަކު ތިބިއިރު، އެމީހުން ވެސް ފުލުހުން ވަނީ ސަލާމަތްކޮށްފައެވެ. އެ ލޯންޗުގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ. އެ މީހުންނަށް ވަރަށް ކުދި އަނިޔާވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.