އިއްޔެގެ އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާއަށް ފަރުވާދެނީ އައިސީޔޫގައި

އިއްޔެގެ އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާއަށް ފަރުވާދެނީ އައިސީޔޫގައި

Author
ޢަލީ އާދަމް
25 ޑިސެމްބަރ 2020 01:18
0

ދެ ދޯންޏެއްގައި ރޯވެ އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ތިލަފުށި ފަޅުތެރޭގައި އޮތް ދެ ދޯނީގެ ތެރެއިން އެއް ދޯންޏަށް ތެޔޮ އަޅަނިކޮށް ހިނގި މި ހާދިސާގައި ފިހިގެން އިއްޔެ އައިޖީއެމްއެޗަށް ގެނައީ ދިވެއްސަކާއި ބިދޭސީއެކެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައިސީޔޫގައި ފަރުވާދެމުން އަންނަ ދިވެހި މީހާގެ ހަށިގަނޑުގެ ގާތްގަނޑަކަށް 20 އިންސައްތަ ފިހިފައި ވާކަމަށެވެ. ހޮސްޕިޓަލަށް ދެން ގެނައި މީހާއަށް މާ ބޮޑު އަނިޔާއެއް ވެފައި ނެތުމުން، ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައި ވާކަމަށްވެސް އައިޖީއެމްއެޗުން ބުނެއެވެ.

އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ސިފައިންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 16:30ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމުންވަނީ ހަވީރު 5:30 ހާއިރު އަލިފާންގަނޑު އެއްކޮށްވަނީ ނިއްވާލާފައެވެ. މި ހާދިސާގައި 2 ދޯންޏަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.