ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން އިބުރާއާއި މަޝްވަރާ ކޮށްފި

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން އިބުރާއާއި މަޝްވަރާ ކޮށްފި

Author
ހުސައިން
21 އޮގަސްޓް 2024 01:46
0

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި, އާއްމު މަސައްކަތްތަކާ ބެހެ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު ޢުމަރު، ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށްޓަކައި މއ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މިއަދު ހަވީރު އިބްރާހީމް އިސްމާޢީލުގެ ގޭގައެވެ.

މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ އާދަމާއި، މުޙައްމަދު ހާޝިމާއި، އަދި މުޙައްމަދު މާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ. މއ. ބޯގަންވިލާ އިބްރާހީމް އިސްމާޢީލަކީ ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމު އެންމެ ފުރަތަމަ އެކުލަވާލުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.

މިހާރުގެ ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ލާމަރުކަޒީ ނިޒާމަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ދެނެގަތުމަށާއި، އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފަޔާއި މަޝްވަރާ ހޯދުމަށް މި ބައްދަލުވުން މަޝްވަރާ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.