މާލޭގައި ފެންބޮޑުވުމުން ލިބުނު ގެއްލުންތައް ބެލުމަށް އެސެސްމަންޓެއް ހަދަން ފަށަނީ

މާލޭގައި ފެންބޮޑުވުމުން ލިބުނު ގެއްލުންތައް ބެލުމަށް އެސެސްމަންޓެއް ހަދަން ފަށަނީ

Author
ހުސައިން
14 އޮގަސްޓް 2024 09:36
0

އިއްޔެ މާލެއަށް ވެހުނު ބޯ ވާރޭއާ ގުޅިގެން ފެންބޮޑުވެ، ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިހާރުވެސް ފޯރުކޮށްދެމުން ގެންދެއެވެ. އަދި ލިބުނު ގެއްލުންތަކުގެ ތަފްސީލީ މަޢުލޫމާތު ހޯދުމަށް ކުރަންޖެހޭ ތައްޔާރީތައް މިހާރު ވަނީ ފަށާފައެވެ.

މި ވިއްސާރައިގެ ސަބަބުން ފެނުގެ އަސަރުކޮށްފައިވާކަމަށް 256 ގެއަކުން އެންޑީއެމްއޭ އަށް ރިޕޯޓުކޮށްފައިވާއިރު، ފަސް އާއިލާއެއްގެ 23 މީހަކު ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް ބަދަލުކުރެވިފައެވެ.

މޫސުމާބެހޭ ދާއިރާއިން މަޢުލޫމާތު ދޭގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މޫސުން މިއަދުވެސް ދަނީ ގޯސްވަމުންނެވެ. އެގޮތުން، މިރޭ 10:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ. މޫސުމަށް އަންނަ ބަދަލުތަކާމެދު ރައްޔިތުން ސަމާލުވުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.