ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ (14 އޮގަސްޓް ވާ ބުދަދުވަހަކީ) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ދާދި ދެންމެއަކު ކުރި އެކްސްޕޯސްޓެއްގައި ވިދާޅުވީ، މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާ ވަޒީފާ އަދާކުރާ ފަރާތްތަކަށްވެސް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވުމާއި ގުޅިގެން ދެއްވާ ލުޔެއްގެ ގޮތުން ކަމުގައެވެ.
އެގޮތުން މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާ ޢާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ރޭގަނޑާއި ދުވާލު މަސައްކަތްކުރަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ރައީސް މުއިއްޒު ދެއްވާފައިވާކަމަށް ތަރުޖަމާގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން، މާދަމާ (14 އޮގަސްޓް ވާ ބުދަދުވަހަކީ) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ، ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް…
— Heena Waleed (@MvSpokesperson) August 13, 2024
މިހާރު މާލެއަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކަށް ގެއްލުވެސް، ފުލުހުންނާއި ސިފައިންވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ފަށާފައެވެ. އަދި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ވިއްސާރާގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމުގައެވެ.
ތަފްސީލު އަންނަނީ..