ވިސާ ނަކަލުކުރި ޕާސްޕޯޓެއް ބޭނުންކޮށްގެން ފުރަން އުޅުނު ބިދޭސީއަކު ޑީޕޯޓު ކޮށްލައިފި

ވިސާ ނަކަލުކުރި ޕާސްޕޯޓެއް ބޭނުންކޮށްގެން ފުރަން އުޅުނު ބިދޭސީއަކު ޑީޕޯޓު ކޮށްލައިފި

Author
ޙަސަން މުޙައްމަދު
25 ޖުލައި 2024 10:37
0

ވިސާ ނަކަލުކުރި ޕާސްޕޯޓެއް ބޭނުންކޮށްގެން ފުރަން އުޅުނު ބިދޭސީއަކު ޑީޕޯޓު ކޮށްލައިފިއެވެ.

އިމިގްރޭޝަންއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ، ނަކަލުކޮށްފައިވާ (Counterfeit) ވިސާއެއް ޖަހާފައިވާ ޕާސްޕޯޓެއް ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަލް އެއަރޕޯޓުން 22 ޖުލައި 2024 ވީ ހޯމަ ދުވަހު ރާއްޖެއިން ފުރަން މަސައްކަތްކުރި ބިދޭސީއަކު ހުއްޓުވާ، ޑީޕޯޓުކުރެވިފައިވާކަމުގައެވެ.

ފަހަކަށް އައިސް އިމިގްރޭޝަނުން ގެންދަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ ބިދޭސީންތަކެއް ހައްޔަރުކުރަމުންނެވެ.

އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން ކޮންމެ ރެއަކުކަހަލަ ގޮތަކަށް ދަނީ ބިދޭސީން  ހައްޔަރު ކުރަމުންނެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން ރޭ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ރޭ ބަލައިފާސްކޮށް، އެ އޮޕަރޭޝަންގެ ތެރެއިން ބިދޭސީ ހަތަރު ފިރިހެނަކާއި ދެ އަންހެނުން އިމިގްރޭޝަނުގެ ބެލެމުުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ.

އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން އިމިގްރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެފަދަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 1800 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.