ނ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފަށަނީ

ނ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފަށަނީ

Author
ޙަސަން މުޙައްމަދު
25 ޖުލައި 2024 07:57
0

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ސްޕީޑް ފެރީގެ ހިދުމަތް މާދަމާ ނ. އަތޮޅުގައި ފަށާގޮތަށް ހަމަޖައްސައިފިއެވެ.

އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ނ. އަތޮޅުގައި ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތަށް މިނިސްޓަރ ޠާރިޤު އިބްރާހީމް، މިނިސްޓަރ އާދަމް ޝަރީފް ޢުމަރު އަދި މިނިސްޓަރ މުޙައްމަދު އަމީން ވަނީ ނ.އަތޮޅަށް ވަޑައިގެންފައެވެ.

އާރްޓީއެލްގެ ހިދުމަތަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ދެމުން އަންނަ ހިދުމަތެކެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޖޫން 12، 2022 ގައި ރަސްމީކޮށް ފެށި ފެށި މި ހިދުމަތުގެ ބޭނުމަކީ މުޅި ރާއްޖެ އަވަސް އަދި ފަސޭހަ ފެރީ ނިޒާމަކުން ގުޅައިލުމެވެ.

އާރްޓީއެލްގެ ހިދުމަތް ދޭން ރާވާފައި އޮތީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު 4 ޒޯނެއްގައި ހިދުމަތް ފަށާފައިވެ އެވެ.

އާރްޓީއެލް ހިދުމަތް މިހާރު ދެމުން ދޭ ޒޯންތައް:

* ޒޯން 1: ހއ. ހދ. އަދި ށ. އަތޮޅު
* ޒޯން 2: ޅ. އަތޮޅު
* ޒޯން 5: ގއ. އާއި ގދ. އަތޮޅު
* ޒޯން 6: ފުވައްމުލައް އަދި އައްޑޫ

އާރްޓީއެލް ހިދުމަތް ނުފަށާ ޒޯންތައް:

* ޒޯން 3: ކ، އއ، އދ އަދި ވ އަތޮޅު
* ޒޯން 4: މ، ފ، ދ، ތ އަދި ލ އަތޮޅު

އާރްޓީއެލްގެ ދަށުން އަންނަނީ ބޮޑެތި ބައެއް ސަރަހައްދުތަކުގައި ބަހުގެ ހިދުމަތް ވެސް ދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.