ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެދުމަތި ކުރުމަށް ފަހު މީގެ ދެ ދުވަހެއް ކުރިން ހޮސްޕިޓަލުން ދޫކޮށްލި ޒުވާން ބަތަލާ ޖާންވީ ކަޕޫރު އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.
ކާންވީގެ ބައްޕަ ބޯނޭ ކަޕޫރް އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް ނައު" އަށް މީގެ ދެތިން ދުވަހެއް ކުރިން ބުނީ ޖާންވީގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ ކަމަށެވެ. އަދި ހޮސްޕިޓަލުން އޭނާއަށް ވަރަށް ރަނގަޅަށް ފަރުވާދިން ކަމަށް ވެސް އޭނާ ބުންޏެވެ.
ޖާންވީ ވަނީ އަލުން އެނބުރި މަސައްކަތަށް ދިއަ ކަން އިންސްޓަގްރާމް މުވެރިކޮށް އިއުލާން ކޮށްފައިއެވެ. އޭނޭ ވެސް ބުނީ ހޮސްޕިޓަލުން ދޫކޮށްލިތާ ތިންދުވަސް ފަހުން އެނބުރި މަސައްކަތަށް ނުކުތް ކަމަށެވެ.
ޖާންވީ ކާނާ ވިހަވީ އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އޭނަގެ އާ ފިލްމު "އުލާޖް" ގެ ޕްރޮމޯޝަށް ހައިދަރުއާބާދާށް ގޮސްފައި އެނބުރި މުމްބާއީ އަށް ދިޔަ ތަނާ އެވެ.
މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ. މި ފިލްމްގެ ކާސްޓުން ގުލްޝަން ދެވިއާ، ރޯޝަން މެތިއު އަދި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ސަޗިން ކެޑެކްރް އާއި އާދިލް ހުސައިން ވެސް ފެނިގެންދާނެއެވެ.
ޖަންގްލީ ޕިކްޗާސް އިން ޕްރޮޑިއުސްކުރާ މި ފިލްމްގެ ޑައިރެކްޓަރަކީ ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ސުދާންޝޫ ސާރިއާ އެވެ.
ކޮމެންޓު ފޮނުވާ