"ކިކް 2″ ގެ ޝޫޓިން އަންނަ އަހަރު

"ކިކް 2″ ގެ ޝޫޓިން އަންނަ އަހަރު

Author
ފާތިމަތު ނާވީ
25 ޖުލައި 2024 12:55
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސްޕަސްޓާރު ސަލްމާން ހާން ފެނިގެންދާ ފިލްމް  "ކިކް" ގެ ސީކްއެލް "ކިކް 2″ ގެ ޝޫޓިން  އަންނަ އަހަރު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

މި ފިލްމް އަކީ އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރުމަށް އަމާޒު ހިފައިފައިވާ ފިލްމްއެކެވެ. ފިތުރު އީދު ދުވަހަކީ ކޮންމެ އަހަރެއްގައި ވެސް ސަލްމާންގެ ފިލްމް އެއް ރިލީޒް ކުރަން އޭނާ ވަރަށް ބާރު އަޅާ ދުވަސްކޮޅެކެވެ.

"ކިކް" އަކީ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ އަލަތު ޑައިރެކްޝަނެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އެ ފިލްމުގެ ބަތަލާ އަކީ ޖެކްލީން ފެނަންޑޭޒެވެ. "ކިކް" ޑައިރެކްޓްކުރީ ސަލްމާންގެ ގާތް އެކުވެރިޔާ ސާޖިދު ކަމަށް ވިޔަސް "ކިކް 2″ ލިޔެ، ޑައިރެކްޓްކުރާނީ އާމިރު ޚާންގެ 2008 ގެ "ގަޖިނީ" ގެނެސްދިން އޭއާރް މުރްގަދޯސް ކަމަށެވެ.

އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ޖުލައި 25، 2014 ގައި ރިލީޒްކުރި "ކިކް" ގެ ބަތަލާ އަކީ ޖެކްލީން ފެނާންޑޭޒެވެ. މީގެ ކާސްޓްގައި ރަންދީޕް ހޫޑާ، ނަވާޒުއްދީން ސިއްދީގީ، މިތުން ޗަކްރަބަތީ އަދި އަރްޗަނާ ޕުރާން ސިންގް ވެސް ހިމެނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.