ދުބާއީގެ ޕްރިންސެސް ވަރި އިއުލާން ކުރައްވައިފި

ދުބާއީގެ ޕްރިންސެސް ވަރި އިއުލާން ކުރައްވައިފި

Author
ފާތިމަތު ނާވީ
20 ޖުލައި 2024 06:04
0

ގާތްގަނޑަކަށް އަހަރަކާއި ދެމަހެއްހައި ދުވަސް ފަހުން ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަރިކަނބަލުން ޝެއިހާ މަހްރާ ބިންތު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ކައިވެނި ރޫޅާލަން ނިންމެވިކަން އިއުލާނުކޮށްފި އެވެ.

ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދަރިކަނބަލުންގެ ކައިވެނި ރޫޅާލަން ނިންމެވިކަން އިންސްޓަގްރާމް މެދުވެރިކޮށް އިއުލާން ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައިއެވެ.

މިކަމާ ގުޅޭގޮތުން ޝައިހް މަހްރާގެ ފިރިކަލުން ޝައިހް މަނާ ބިން މުހައްމަދު ބިން ރަޝީދު ބިން މަނާ އަލް މަކްތޫމް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ރަޝީދު ބިން މަނާ އަލް މަކްތޫމް އަކީ ވިޔާފާރީވެރިއެކެވެ. އެކަމަނާ ވަނީ ފިރިކަލުންގެ ހުރިހާ ފޮޓޯއެއް ވެސް އިންސްޓަގްރާމް އެކައުންޓުން ޑިލިޓްކޮށްފަ އެވެ.

ޝައިހާ މަހްރާ އާއި ޝައިހް މަނާ ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރު އެޕްރީލް މަހު ބޭއްވި ބޮޑު ހަފުލާއެއްގަ އެވެ. އެ ދެބޭފުޅުންގެ ދެ މަހުގެ ތުއްތު ކުއްޖެއް ވެސް އޮވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.