ނައިބު ރައީސް، ޔޫތު ޕޮލިސީ އެޑްވައިޒަރީ ގުރޫޕާ ބައްދަލުކުރައްވައިފި

ނައިބު ރައީސް، ޔޫތު ޕޮލިސީ އެޑްވައިޒަރީ ގުރޫޕާ ބައްދަލުކުރައްވައިފި

Author
އަހުމަދު
17 ޖުލައި 2024 04:19
0

ޒުވާނުން ބާރުވެރިކޮށް ޒުވާނުންގެ ބައިވެރިވުން ކަންކަމުގައި އިތުރު ކުރުމަށް މަސައްކަތް ކުރާ ޔޫރު ޕޮލިސީ އެޑްވައިޒަރީ ގްރޫޕާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ. އެ ޖަމިއްޔާގެ ތިން މެންބަރަކު ނައިބު ރައީސްއާ ބައްދަލު ކުރެއްވި އިރު، ބައްދަލު ކުރެއްވުން ކާމިޔާބު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެގޮތުން, އެ ޖަމިއްޔާގެ ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް ނައިބު ރައީސް އަޑުއައްސަވައި އެ ކަންކަމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޔޫތު ޕޮލިސީ އެޑްވައިޒަރީ ގްރޫޕަކީ ޑިސެމްބަރު 2022, އިން ފެށިގެން ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގައި އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މެންބަރުންގެ ގޮތުގައި ތިބެނީ 16 އަހަރާއި 29 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.