20 އިމާމުން ތަމްރީނަށް ބުރޫނާއީ އަށް މިރޭ ފުރަނީ

20 އިމާމުން ތަމްރީނަށް ބުރޫނާއީ އަށް މިރޭ ފުރަނީ

Author
އަހުމަދު
16 ޖުލައި 2024 05:21
0

ތަމްރީނެއްގައި ބައިވެރިވުމަށް 20 އިމާމުން މިރޭ ބުރޫނާއީ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބުރޫނާއީ ދާރުއްސަލާމަށް 20 އިމާމުން ފުރުމަށް ހަމަޖެހިފައިވާ ކަަމަށެވެ.

އިސްލާމިކް މިނިސްޓަރު ވަނީ މި އިމާމުންނާ މިއަދު ބައްދަލު ކުރައްވައިފައެވެ.

މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުންދާ ތިން ވަނަ ފަހަރެވެ. މިގޮތުން މިއަހަރު 60 އިމާމުންވަނީ ރާއްޖެއިން ބޭރަށް ފޮނުވައިފައެވެ.

އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން މީގެކުރިން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީއިން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމެވެ. އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.