ސައްހަ ވިސާ ނެތް އަންހެނަކު ސްޕާއަކުން ހައްޔަރުކޮށްފި

ސައްހަ ވިސާ ނެތް އަންހެނަކު ސްޕާއަކުން ހައްޔަރުކޮށްފި

Author
އަހުމަދު
11 ޖުލައި 2024 09:38
0

ސައްހަ ވިސާ ނެތް އަންހެނަކު މާލޭގެ ސްޕާއަކުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ސައްހަ ވިސާއެއް ނެތި ސްޕާތަކުގައި މަސައްކަތް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން، ރޭ ތިން ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި ސައްހަ ވިސާ ނެތް ބިދޭސީ އަންހެނަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގަމުންދާ ބިދޭސީންނަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅައި، ރެއިޑްތައް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަތުމަށް ފުލުހުންނާއި އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.