އިސްލާމީ އިލްމުގެ މުހިންމު ފޮތްތަކެއް ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް ބީލަމަށް ހުޅުވާލައިފި

އިސްލާމީ އިލްމުގެ މުހިންމު ފޮތްތަކެއް ދިވެހި ބަހަށް ތަރުޖަމާ ކުރުމަށް ބީލަމަށް ހުޅުވާލައިފި

އިސްލާމީ އިލްމުގެ މުހިންމު ފޮތަކެއް ދިވެހި ބަހަށް ތަރުޖަމާ ބީލަމަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ ޢަރަބި ބަހުން ހުރި ދީނީ  ފޮތްތަކެއް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމުގައެވެ.

އެގޮތުން ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އެ ޤާނޫނުގެދަށުން ރަޖިސްޓްރީކުރަންނުޖެހޭ އަމިއްލަ ފަރުދުންނާއި ޢިލްމީ މުއައްސަސާތަކަށެވެ. އަދި މިފޮތްތައް ތަރުޖަމާކުރާ ފަރާތަކީ، ދީނީ ވަޢުޒު ވިދާޅުވުމަށް އެމިނިސްޓްރީ އިން ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބަޔާން ކޮށްފައި ވެއެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއި އެޓޭޗް ކުރެވިފައިވެއެވެ.

މިނިސްޓްރީގެ އިއުލާންގައިވާގޮތުން ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2024 ޖުލައި 13 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ https://forms.office.com/r/9jiN3uXtWg ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރަން ޖެހެއެވެ.

މި ބީލަމަށް އަންދާސީ ހިސާބު ހުށަހެޅުން ބޭއްވުމަށް ހަމަޖައްސާފައިވަނީ 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

މިނިސްޓްރީން ބުނެފައިވަނީ އިތުރު މަޢުލޫމާތު 2024 ޖުލައި 15 ވާ ހޯމަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރުމުން ލިބޭނެ ކަމުގައެވެ. ނުވަތަ 3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އިއްޔެ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިސްލާމީ އިލްމު ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ގޮތުން ރާއްޖޭގައި ރަސްމީކޮށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު އެއް މަޝްރޫޢު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށް، މި މަޝްރޫޢުގެ ދަށުން މުހިންމު 6 ރިފެރެންސް ފޮތް ދިވެހި ބަހަށް ތަރުޖަމާކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *