އިސްލާމިކް މިނިސްޓްރީން މުހިންމު ހަ މަހާސިންތާއެއް ބާއްވަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ކުރިއަށް ގެންދަން ނިންމާފައިވަނީ އިލްމުވެރިންގެ މަހާސިންތާ، ޖަމްއިއްޔާ މަހާސިންތާ، އިމާމުންގެ މަހާސިންތާ، ޒަކާތު މަހާސިންތާ، ހައްޖާއި އުމްރާ މަހާސިންތާގެ އިތުރުން ފަތުވާ މަޖްލީސް މަހާސިންތާއެވެ.
މި މަހާސިންތާތަކުގެ ތެރެއިން އިލްމުވެރިންގެ މަހާސިންތާ ބާއްވަން ނިންމާފައިވަނީ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ. ޖަމިއްޔާ މަހާސިންތާ ބާއްވަނީ ސެޕްޓެމްބަރު 4 ގައެވެ. އިމާމުންގެ މަހާސިންތާ 21 ސެޕްޓެމްބަރުގައި އަދި ޒަކާތު މަހާސިންތާ އޮކްޓޯބަރު 26 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މަހާސިންތާގެ ތެރެއިން ވަކި ތާރީހެއް ކަނޑައަޅާފައި ނުވަނީ ހައްޖާއި އުމްރާ މަހާސިންތާގެ އިތުރުން ފަތުވާ މަޖިލިސް މަހާސިންތާއެވެ.
ކޮމެންޓު ފޮނުވާ