ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޓޭކްއަވޭ ކޮފީޝޮޕެއް ހިންގަމުންދިޔަ ބިދޭސީންތަކެއް ހައްޔަރު ކޮށްފި

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ޓޭކްއަވޭ ކޮފީޝޮޕެއް ހިންގަމުންދިޔަ ބިދޭސީންތަކެއް ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
06 ޖުލައި 2024 12:33
0

ހުޅުމާލެ ފޭސް 1 ގައި ގަވާއިދާ ޚިލާފަށް ޓޭކްއަވޭ ކޮފީޝޮޕް ހިންގަމުންދިޔަކަމަށް ތުހުމަތުކުރެވޭ 8 ބިދޭސީން އިއްޔެ ހަވީރު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން އަމާޒުކޮށްގެން، "ޖޮއިންޓް ޓާސްކް ފޯސް" އިން އިއްޔެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެ އޮޕަރޭޝަންގެ ތެރެއިން، 8 ބިދޭސީން އިތުރު ތަޙުޤީޤަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ބުދަ ދުވަހުގެރޭ ވަނީ ޑޮލަރު އޭޓިއެމް ކައިރީގައި ވެސް ޚާއްސަ އޮޕަރޭޝަނެއް ހިންގައި ފުޅާ ދާއިރާއެއްގައި ޑޮލަރު ވިއްކުމުގެ ވިޔަފާރިކުރި ދެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން އިމިގްރޭޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 1،800 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ. އޭގެ އިތުރުން ވެސް 100 އަށްވުރެ ގިނަ މީހުން މި ފަހުން ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.