ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ 6 ބިދޭސީއަކު ޑީޕޯޓު ކޮށްލައިފި

ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ 6 ބިދޭސީއަކު ޑީޕޯޓު ކޮށްލައިފި

Author
ޙަސަން މުޙައްމަދު
04 ޖުލައި 2024 10:51
0

ޑޮލަރުގެ ވަގު ވިޔަފާރި ކުރަމުންދިޔަ 6 މިދޭސީއަކު ޑީޕޯޓު ކޮށްލާފައިވާކަމަށް އިމިގްރޭޝަންއިން ބުނެފިއެވެ.

އިމިގްރޭޝަންއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ހުއްދަ ނޫންގޮތުގައި ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ 6 މީހަކު، 9 މާރޗް 2024 ގައި ޑީޕޯޓްކޮށްފައި ވާކަމުގައެވެ.

އޭއިތުރުން އިމިގެރޭޝައިން ރޭވަނި، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރު ކޮށްފައެވެ.

އިމިގްރޭޝަންއިން ކުރި އެކްސް ޕޯސްޓުގައި ބުނެފައިވަނީ މާލޭގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރީގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބޭރު ފައިސާގެ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވި ގަވައިދާ ހިލާފަށް އުޅުނު ދެ ބިދޭސީއަކު އިތުރަށް ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެއެވެ.

މި އޮޕަރޭޝަން ކުރިޔަށްދިޔައިރު، ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަަމަށް އިމިގްރޭޝަންއިން ޝުކުރު އަދާކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.