ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރު ކޮށްފި

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
04 ޖުލައި 2024 10:45
0

ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރު ކޮށްފިކަމަށް އިމިގްރޭޝަންއިން ބުނެފިއެވެ.

އިމިގްރޭޝަންއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރީގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބޭރު ފައިސާގެ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވި ގަވައިދާ ހިލާފަށް އުޅުނު ދެ ބިދޭސީއަކު އިތުރަށް ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެއެވެ.

މި އޮޕަރޭޝަން ކުރިޔަށްދިޔައިރު، ފުލުހުންގެ ފަރާތުން ލިބުނު އެހީތެރިކަަމަށް އިމިގްރޭޝަންއިން ޝުކުރު އަދާކޮށްފައި ވެއެވެ.

އިމިގްރޭޝަންއިން ބުނެފައިވަނީ ރާއްޖޭގައި ހުއްދަ ނޫންގޮތުގައި ބޭރު ފައިސާގެ މުއާމަލާތް ކުރަމުންދިޔަ 6 މީހަކު، 9 މާރޗް 2024 ގައި ޑީޕޯޓްކޮށްފައި ވާކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.