އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށް، އޮރިޔާން ކާޑު އުފެއްދި މައްސަލައެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އަދި މިމައްސަލާގައި 28 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ލ. ގަމުން ހައްޔަރުކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މި މީހާގެ ބަންދާމަދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހައިދީފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެއެވެ.