ފާއިތުވި މަޖިލިސް އިންތިޚާބަށްފަހު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް)އިން ބައްވާ ފުރަތަމަ ޖަލްސާއެއް އަންނަ ހޯމަ ދުވަހުގެރޭ ބާއްވަން އެ ޕާޓީ އިން ނިންމައިފިއެވެ.
ޕީއެންއެފް އިން ބުނީ އަންނަ ހޯމަ ދުވަހުގެރޭ އެ ޕާޓީ އިން ބާއްވާ މިޖަލްސާގައި ރައީސް ޔާމީން ބައިވެރިވެޑައިގަންނަވާނެ ކަމަށެވެ. އަދި މި ޖަލްސާ އޮންނާނީ ޕީއެންއެފްގެ އޮފީހުގައި ކަމަށް ޕީއެންއެފް އިން ހާމަކޮށްފައިވެއެވެ.
ޕީއެންއެފް ޕާޓީގެ އޮފީސް ކުރިން ހިންގަމުން އައި، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުރި ޕީޕީއެމް އޮފީސް ހިންގި އިމާރާތް ދޫކޮށްލާ، ޕީއެންއެފްގެ އޮފީސް މިހާރުވަނި ވަނީ ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ބަދަލުކޮށްފައެވެ. އަދި އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާ ޕީއެންއެފްގެ ރަސްމީ އޮފީހުގެ ގޮތުގައި މިހާރު ވަނީ ބޭނުންކުރަން ފަށާފައެެވެ.
ރައީސް ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) ސިޔާސީ ޕާޓީގެ ދަފްތަރުގައި ހިމަނާ ރަޖިސްޓްރީކޮށްދިނީ މިއަހަރުގެ އޭޕްރިލް މަހުގެ 25 ވަަނަ ދުވަހުއެވެ. 3000 މެމްބަރުން ތިބި އެޕާޓީން މިދިޔަ މަޖިލިސް އިންތިހާބުގައި ރައީސް ޔާމިންގެ ތާއިދާއެކު 35 ދާއިރާ އަކަށް މެމްބަރުން ވާދަކުރި ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް މަޖިލީހުގެ ގޮނޑިއެެއް ކާމިޔާބު ކުރެވޭގޮތް ނުވެ ބޮޑު ނާކާމިޔާބީ އަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.
ކޮމެންޓު ފޮނުވާ