އާ ސަފީރު، ގީލާ ޢަލީ، ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނަށް އަރުވައިފި

އާ ސަފީރު، ގީލާ ޢަލީ، ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނަށް އަރުވައިފި

ގުޅުންހުރި

ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި އާ ސަފީރު، ގީލާ ޢަލީ، ސަފީރުކަމުގެ ފަތްކޮޅު، ބެލްޖިއަމްގެ ރަސްގެފާނު ފިލިއްޕޭއަށް އަރުއްވައިފިއެވެ.

ބްރަސެލްސްގެ ޗެޓޫ ޑި ލެކެންގައި މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ބޭއްވި ޕްރައިވެޓް އޯޑިއަންސްގައި ރަސްގެފާނު ފިލިޕް ވަނީ ސަފީރު ޖީލާއަށް މަރުހަބާ ދަންނަވައި ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.

ސަފީރު ގީލާ ވަނީ އޭނާއަށް ދެއްވި ހޫނު މަރްޙަބާއަށް ޝުކުރު އަދާކުރައްވައި، ބެލްޖިއަމްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި، ދިވެހި ރައްޔިތުންގެ ފަރާތުން ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އޭގެ އިތުރުން ސަފީރު ގީލާ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްގީ އާއި ފަތުރުވެރިކަން ފަދަ އެއް މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރަސްގެފާނު ފިލިޕްޕޭއަށް އަރުވާފައެވެ.

ސަފީރު ގީލާ އަކީ ރާއްޖޭގެ ސިއްހަތާއި ފޮރިން ސާވިސްގެ ދާއިރާގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ޕްރޮފެޝަނަލެކެވެ. ފޮރިން ސަރވިސްގެ ދާއިރާއިން 2015 ވަނަ އަހަރު ކެރިއަރު ފެއްޓެވުމަށްފަހު، ޖެނީވާގައި ހުންނަ އދ.ގެ އޮފީސްތަކަށް ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ މިނިސްޓަރކަމާއި، ޗާޖް ޑި އެފެއާޒްގެ މަޤާމާއި، ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މިނިސްޓަރ-ކައުންސެލަރ (2016-2018) އަދި 2018 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ ކޮންސިއުލަރ ސަރވިސަސް ޑިޕާޓްމަންޓްގެ އެޑިޝަނަލް ސެކްރެޓަރީ އަދި ހެޑްގެ މަޤާމު އޭނާ ފުރުއްވާފައިވެއެވެ.

ސަފީރު ގީލާގެ އަރިހުގައި ފަސްޓް ސެކްރެޓަރީ މުޙަންމަދު ޝައްފާޢު އިބްރާހީމާއި ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙަސަން ނަވާފް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ