ނޫރައިން މަގާމުން އިސްތިއުފާ ދީފައިވާކަން ޕީސީބީން ޔަގީން ކޮށްދީފި

ނޫރައިން މަގާމުން އިސްތިއުފާ ދީފައިވާކަން ޕީސީބީން ޔަގީން ކޮށްދީފި

ގުޅުންހުރި

އެމްއެމްޕީއާރުސީގެ ޗެއަރޕާސަންގެ މަގާމުން އައިޝާ ނޫރައިން ޖަނާހު އިސްތިއުފާ ދެއްވާފައިވާކަން ޕީސީބީން ޔަގީން ކޮށްދީފިއެވެ.

ޕީސީބީން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އެމް.އެމް.ޕީ.އާރު.ސީ ގެ ޗެއަރޕާސަން އަލްފާޟިލާ އާއިޝާ ނޫރައިން ޖަނާހު 21 މެއި 2024 ވަނަ ދުވަހު އެމަޤާމުން އިސްތިއުފާދީ ޕީސީބީ އަށް ސިޓީ ފޮނުވައިފައިވާތީވެ، އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން އޭނާ ވަކިކޮށްފައިވާކަމުގައެވެ..

ނޫރައިން ކުއްލިގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަނުކޮށްފައިވަނީ ފާއިތުވި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.

ނޫރައިން މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ފަހަކަށް އައިސްވަނީ ރާއްޖެއިން ބޭރުގެ ފޯރަމްތަކުގައި އެމްއެމްޕީއާރުސީ ތަމްސީލުކުރައްވަމުން ގެންދަވާފައެވެ.

އެހެންނަމަވެސް އޭނާ ކުއްލިގޮތަކަށް މަގާމުން އިސްތިއުފާ ދެއްވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދީފައިވަނީ ކުންފުނީގެ ހިންގުމާމެދު ހިންހަމަނުޖެހިގެންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަންގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަނުކޮށްފައިވަނީ ފާއިތުވި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރުންގެ ފެންވަރުގައި އައްޔަނުކުރައްވާފައިވާ ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުންނެވެ.

ނޫރައިން މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ ފަހަކަށް އައިސްވަނީ ރާއްޖެއިން ބޭރުގެ ފޯރަމްތަކުގައި އެމްއެމްޕީއާރުސީ ތަމްސީލުކުރައްވަމުން ގެންދަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ