އީރާންގެ ރައީސް ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރ ފެނުނުކަމަށް ބުނާ ރިޕޯޓުތައް ރެޑް ކްރެސެންޓުން ދޮގުކޮށްފިއެވެ.
ހެލިކޮޕްޓަރ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ހަރަކާތްތެރިވާ އީރާނުގެ ރެޑް ކްރެސެންޓްގެ އޮފިޝަލަކު ވިދާޅުވީ ހެލިކޮޕްޓަރު ފެނުނު ކަމުގެ ޔަގީންކަން ނެތް ރިޕޯޓްތަކުގެ ފަހަތުގައި އޮތީ "ލޯކަލް މީޑިއާ" ކަމަށެވެ. އެ ސަރަހައްދުގެ ދައުލަތުގެ ޓީވީ ރިޕޯޓަރަކު ވެސް އެނާޖީ މިނިސްޓަރު އަލީ އަކްބަރު މެހެރާބިއަން އާ ހަވާލާދީ ބުނެފައި ވަނީ އެއްވެސް އަޕްޑޭޓެއް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް ހެލިކޮޕްޓަރު ފެނުމުގެ ފުރުސަތު އޮތް ސަރަހައްދެއްގެ ދެ ކިލޯމީޓަރުގެ ތެރޭގައި ސާޗް އެންޑް ރެސްކިއު ޓީމުތައް ތިބި ކަމަށް ބެލެވޭ ކަމަށް އެ ނޫސްވެރިޔާ ބުންޏެވެ.
ހެލިކޮޕްޓަރު ވެއްޓުނު ހޯދާއެއްގައި ގެއްލިފައިވާ އިރާނުގެ ރައީސް ހޯދުމަށް ހިންގަމުންދާ ރެސްކިއު އެންޑް ސާޗް އޮޕަރޭޝަނަށް އެހީތެރިން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން ވަނީ ހާމަކޮށްފައެވެ.
އީރާނުގެ ރައީސް އިބްރާހިމް ރައީސީ އާއި އެމަނިކުފާނުގެ ޚާރިޖީ ވަޒީރު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ ގަދަ ވިއްސާރައިގެ ތެރެއިން އުދުހެމުން ދަނިކޮށެވެ.
އެގޮތުން ހެލިކޮޕްޓަރ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް ތައްޔާރަށް ތިބިކަމަށް ހާމަކޮށްފައިވާ ގައުމުތަކުގެ ތެރޭހައި ރަޝިޔާ، އަޒަރުބައިޖާން، އަރުމޭނިއާ އަދި އިރާގު ހިމެނެއެވެ.
އޭގެ އިތުރުން، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް ވަނީ، އީރާނާ އެކު އޮތް ކަމަށް ބުނެފަ އެވެ. ތުރުކީން އީރާނަށް މައުންޓަން ރެސްކިއު ޓީމެއް ފޮނުވިއިރު، މީގެ ކުރިން ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވަނީ މި އެކްސިޑެންޓާ ގުޅިގެން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އެކްސްގައި އުރުދުޣާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރައީސީ އާއި އެމަނިކުފާނުގެ ވަފުދުގެ ފަރާތުން ވީއެންމެ އަވަހަކަށް އުފާވެރި ޚަބަރެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް މިހާދިސާއާ ބެހޭ ގޮތުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ބޯޓު ވެއްޓުނު ގޮތުގެ އަޕްޑޭޓްތައް ބައްލަވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
އދ.ގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އިރާނުގެ ރައީސްއާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ