ކިތައްމެ ދިގު މުއްދަތެއް ފާއިތުވިޔަސް ހަނގުރާމަ ކުރުމުގައި ދެމި ތިބޭނެކަމުގައި ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި ޤައްސާމް ބްރިގޭޑުން ބުނެފިއެވެ.
ހަމާސްގެ ހަތިޔާރު އެޅި ގޮފީގެ ތަރުޖަމާނު ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ ރަފަހާއި ޣައްޒާގެ އެހެނިހެން ތަންތަނަށް އަރައިގަތުމާ ދެކޮޅަށް ފަލަސްތީނުން ތެދުވާނެ ކަމަށެވެ.
ތަރުޖަމާން އަބޫ އޮބައިދާ ވިދާޅުވި ގޮތުގައި، ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަމަލާތައް ހުއްޓުވަން އެޖަމާއަތުން ފުރިހަމައަށް އެދުނު ނަމަވެސް، ދުޝްމަނުންނާ ދެކޮޅަށް ދިގު ހަނގުރާމައަކަށް ތައްޔާރުވެ، އެމީހުންގެ ސިފައިން މަރުވުމާއި އަދި "ސަލާމަތް ނުވެވޭވަރުގެ ފުން ވަޅުގަޑަކަށް އެމީހުންގެ އޮފިސަރުން ވައްޓާލުމަށް" ހަނގުރާމަ ކުރުމުގައި ދެމި ތިބޭނެކަމުގައެވެ.
އެއީ އަޅުގަނޑުމެންނަކީ ބޮޑު ބާރަކަށްވީމައެއް ނޫން، އަޅުގަނޑުމެންނަކީ މި ބިމުގެ ރައްޔިތުންނާއި ޙައްޤުވެރިންކަމަށްވާތީ." ތަރުޖަމާނު ވިދާޅުވީ ހަމާސް ޖަމާއަތުން އިސްރާއީލުގެ 100 އަށް ވުރެ ގިނަ ހަތިޔާރު އެޅި އުޅަނދުތަކަށް އަމާޒުކޮށް، ޓޭންކުތަކާއި، ސިފައިންގެ އުޅަނދުތަކާއި ބުލްޑޯޒަރުތައް ހިމެނޭހެން ހަމަލާ ދެމުންދާ ކަމަށާއި، އިޒްރޭލު ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދީފައި ވަނީ ޓަނަލްތައް ގޮއްވާލައި، ރޮކެޓާއި މޯޓާ އުދުއްސާލައި، ސްނައިޕިން އަދި ކްލޯޒް ކުއާޓާހަނގުރާމަތަކުން ކަމުގައެވެ.
ކޮމެންޓު ފޮނުވާ